Last Updated: June 10, 11:53
Wednesday, June 10, 2026
ޚަބަރު

އިބޫއާއެކު މަޖީދީ މަގު ފުރާލައިފި

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް، އިބޫ ސޯލިހްގެ ރިޔާސީ ކެމްޕޭނު ނިންމާލުމަށް މާލޭ މަގުތަކަށް ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެއްޖެއެވެ.

މިއަދު ހަވީރު ރަސްފަނުން އިދިކޮޅު ފަރާތްތަކުން ބޭއްވި މިއެއްވުމުގައި އެތައް ބަޔަކު ވަނީ ބައިވެރިވެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައެވެ.

އިދިކޮޅު ފަރާތްތަކުން ކެމްޕޭނު ނިންމާލުމުގެ ގޮތުން މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ބުނެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބަށް އެބޭފުޅުން ކެމްޕޭނު ކުރައްވަން ޖެހުނީ ނުހަނު ދައްޗާއެކު ކަމަށެވެ.

އަދި އެހެން އެބޭފުޅުންނަށް ކަންތައް ދިމާވިޔަސް މާދަމާ ނެގޭ ވޯޓުން ބޮޑުތަނުން ރައީސް ޔާމީން ބަލިކޮށް އިދިކޮޅުން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް އެބޭފުޅުން ވިދާޅުވެފައިވެއެވެ.