2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޚާއްސަ ކަވަރޭޖަށް މަރުހަބާ.
262135 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވާ މި އިންތިޚާބުގެ ވޯޓް ލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށެވެ.
އެހެން އަހަރުތަކާއި ހިލާފަށް މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވަނީ 2 ކެންޑިޑޭޓުން ކަމަށް ވުމުން އިންތިހާބުގެ ދެވަނަ ބުރެއް ނުބާއްވާނެއެވެ.
އިންތިހާބުގައި ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓްއިބްރާހިމް މުހައްމަދު ޞޯލިހެވެ.
މި އިންތިހާބުގައި އައްޑޫގައި 23،740 މީހުން ތިބި އިރު، އައްޑޫގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށް 15،336 މީހުން ރަޖިސްޓްރީ ކޮށްފައިވޭ.