Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ރިޔާސީ ކެންޑިޑޭޓުންނާއި ރަނިންމޭޓުން ވޯޓު ލައްވައިފި

ރިޔާސީ ކެންޑިޑޭޓުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހް އަދި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވޯޓު ލައްވަނީ. ފޮޓޯ: ވީނިއުސް

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވޯޓް ލައްވައިފި އެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފުރަތަމަ ވޯޓް ލެއްވީ ކެންޑިޑޭޓް ނަންބަރު 1 ރައީސް އަބްދުﷲ ޔާމީން އެވެ. ރައީސް ޔާމީން ވޯޓް ލެއްވީ ސީއެޗްއެސްސީގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ރަނިންމޭޓުންގެ ތެރެއިން އެންމެ ފުރަތަމަ ވޯޓު ލައްވާފައިވަނީ ވެސް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. ރަނިންމޭޓުންގެ ތެރެއިން އެންމެ ފުރަތަމަ ވޯޓު ލައްވާފައިވަނީ ވެސް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ރަނިންމޭޓުން ކަމަށްވާ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު އަދި ފައިސަލް ނަސީމް ވޯޓު ލައްވަނީ ފޮޓޯ:ވީނިއުސް

ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވޯޓް ލައްވާފައިވަނީ މާލޭގައި ދިރިއުޅޭ ޅ. އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށްގެން އިމާދުއްދީން ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމު ވޯޓް ލައްވާފައިވަނީ މާލޭގައި ދިރިއުޅޭ ފުވައްމުލަކު ރައްޔިތުންނަށް ހާއްސަކޮށްގެން އަރަބިއްޔާ ސުކޫލުގައި ބަހައްޓާފައިވާ ވޯޓް ފޮއްޓަށެވެ.

މިއަދު މިބާއްވާ ރިޔާސީ އިންތިހާބަކީ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ބާއްވާ ތިންވަނަ ރިޔާސީ އިންތިހާބެވެ.

މިއަދު ހެނދުނު 08:00ގައި ވޯޓު ލާން ވަނީ ފަށާފައެވެ. ބައެއް ކަހަލަ މައްސަލަތައް ހުރުމުގެ ސަބަބުން ބައެއް ރަށްރަށުގަ ގަޑިއަށް ވޯޓުލުން ނުފެށުނު ކަމުގައި ވިޔަސް ގިނަ ރަށްރަށުގައި ވަނީ ގަޑިއަށް ވޯޓުލާން ފަށާފައި ކަމަށް މައުލޫމާތު ލިބެއެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުން ކަމަށްވާތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ނުގޮސް މިއިންތިހާބުގެ ނަތީޖާ މިއަދު ޔަގީން ވެގެންދާނެ އެވެ.