Last Updated: June 10, 13:12
Wednesday, June 10, 2026
ޚަބަރު

އަޅުގަނޑުގެ ނަމުގައި ދޮގު މެސެޖުތަކެއް ފޮނުވަމުން އެބަދޭ: ގާސިމް

ޖުމުހޫރީ ޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމްގެ ނަމުގައި ބަޔަކު މެސެޖުތަކެއް ލިޔެ ފަތުރަމުން އެބަދާ ކަމަށާއި އެ މެސެޖަކީ ކަނޑައެޅިގެން ބަޔަކު ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނުގެ ނަމުގައި ފަތުރަމުންދާ މެސެޖަކީ ބަޔަކު ކަނޑައެޅިގެން ހިންގަމުންދާ ޖަރީމާއެއް ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.

އަދި އެފަދަ މެސެޖުތައް ނުފޮނުވުމަށާއި ފޮނުވަމުންދާ ދޮގު މެސެޖުތައް ރައްޔިތުން ގަބޫލު ނުކުރެއްވުމަށް ގާސިމް އެދިވަޑައިގެންފައިވެއެވެ.