ރިޔާސީ އިންތިޙާބުގެ ވޯޓުލުން ކުރިޔަށް ދާއިރު ބޭރުގެ ބޮޑެތި ނޫސްތަކުން ދަނީ މި އިންތިޙާބު ވަރަށް ގާތުން ބަލަމުން ކަމަށް ގިނަ ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.
ގިނަ ނޫސްތަކުގައި ޑިމޮކްރަސީ އަށް ނެގޭ އިމްތިޙާނެއް ގޮތުގައި ސިފަކުރަމުންދާ މި އިންތިޙާބުގެ މިނިވަންކަމާ މެދު ސުވާލު އުފައްދާފައި ވާއިރު އިންތިޙާބުގެ ނަތީޖާ ގަބޫލުކުރާނެ ކަމާމެދުވެސް ވަނީ ސުވާއުފައްދާފައެވެ. ދުނިޔޭގެ ބޮޑެތި މީޑިއާތައް ކަމަށްވާ އަލްޖަޒީރާ، ދަ ނިއު އިންޑިއަން އެކްޕްރެސް އަދި އެސޯސިއޭޓެޑް ޕްރެސް ފަދަ ނޫސްތަކުން ދަނީ އިންތިޙާބުގެ ކަވަރޭޖް ގެނެސްދެމުންނެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ނިއު އިންޑިއަން އެކްސްޕްރެސް ގައި ރިޕޯޓުކޮށްފައިވާ ގޮތުން ސަރުކާރުން އިދިކޮޅު އިސްފަރާތްތައް ޖަލަށްލުމާއި އެކި ގޮތްގޮތުން މީޑިއާތަކަށް ހުރަސްއެޅުމަށްފަހު ބާއްވާ އިންތިޙާބުގެ ނަތީޖާގެ ޞައްޙަކަމާ މެދު ޝައްކު ކުރެވެއެވެ. މީގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫ ސޯލިހްގެ ކެމްޕޭނު އޮފީސް ހުންނަ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހިނގަމުންދާ ކަމަށް ބުނެ ފުލުހުން ވަނުންވެސް ވަނީ ފާހަގަކޮށްފައެވެ.
Maldives presidential poll has began. Hundreds of men and women lined up to vote before polling booths opened at 8:00 am in the capital Male.https://t.co/nVCGBDzfup
— The New Indian Express (@NewIndianXpress) September 23, 2018
މީގެ އިތުރުން ބޭރުގެ ގިނަ އޮބްސާވަރުންނަށާއި ނޫސްވެރިންނަށް އިންތިޙާބު އޮބްސާރވް ކުރުމަށް ވިސާ ހަމަޖައްސައި ދީފައިނުވާކަމަށް ބުނެ ގިނަ ފަރާތްތަކުންވަނީ ސަރުކާރާ ދެކޮޅަށް ނުރުހުން ފާޅުކޮށްފައެވެ. ކުރީ ފަހަރުތަކާ ޙިލާފަށް ޔޫ.އެން އަދި އީ.ޔޫ ގެ އޮބްޒާވަރުން މި އިންތިޙާބުގައި އޮބްސާވް ނުކުރާކަންވެސް ފާހަގަކޮށްލެވެއެވެ.