އިންތިޚާބާ ގުޅޭ އެމްޑީޕީ ކޮމްޕްލެއިންޓްސް ކޮމިޓީ މިއަދު ޕާޓީގެ ލީޑަޝިޕުން އައްޔަން ކުރައްވައިފި އެވެ.
މި ކޮމިޓީގައި ހިމެނިވަޑައިގަންނަ ވަނީ ގާނޫނީ ވަކީލުން ކަމަށްވާ އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ އާއި އަބްދުﷲ ހަސީނު އަދި މުހަންމަދު ފަރީދެވެ.
މި ކޮމިޓީން ބައްލަވައި ފިޔަވަޅު އަޅުއްވަމުން ގެންދަވާނީ މިނިވަން މުއައްސަސާ ތަކުންނާއި އެންޖީއޯ އަދި ރަޖިސްޓަރީ ކުރެވިފައިވާ ޖަމާއަތްތަކުންނާ، އެމްޑީޕީގެ ދާއިރާތަކުންނާއި ގޮފި ތަކުން އަދި ޢާންމު ރައްޔިތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ހުށައަޅުއްވާ ޝަކުވާތަކާއި ރިޕޯޓް ކުރާ ނާޖާއިޒު ކަންކަމާ މެދުގަ އެވެ.
އެމްޑީޕީ ކޮމްޕްލެއިންޓްސް ކޮމިޓީން ފިޔަވަޅު އެޅުއްވުމުގައި އިލެކްޝަންސް ކަމިޝަނާ ކަމާ ގުޅޭ ދާއިރާތަކަށް ލިޔުއްވުމާއި އަދި ގާނޫނީ ގޮތުން ކުރައްވާން ފާހަގަވާ ކަންކަން ވަގުތުން ވަގުތައް ކުރިއަށް ގެންދަވާނެ އެވެ. އަދި މިހާތަނަށް މައި ގަނޑުގޮތެއްގައި ފާގަވާ މުހިންމު ޝަކުވާތަކާ މެދު ލިބިލައްވާފައިވާ ތަފްޞީލް އިލެކްޝަންސް ކަމިޝަނަށް ފޮނުއްވުމާ އެކު ކޮމްޕްލެއިންޓްސް ކޮމިޓީގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަ ވާނެ އެވެ.