މިއަދު ބޭއްވޭ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިރޭ 7 ޖަހަންދެން ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އީސީން ދެންމެ އިއުލާންކޮށްފައިވަނީ އެ ކޮމިޝަނުގެ 318 ވަނަ އިންތިޚާބާ ބެހޭ ޚާއްސަ ޖަލްސާއިން ރިޔާސީ އިންތިޚާބު 2018 ގެ ވޯޓުލާ ނިމޭ ގަޑި މިރޭ 19:00 އަށް ފަސްކޮށްފައިވާ ކަމަށެވެ.
އިންތިޚާބުގެ ވޯޓުލުމަށް ރާއްޖޭގެ އެކި ސަރަހައްދު ތަކަށް މީހުން ވޯޓުލާ މަރުކަޒުތަކަށް ގޮސްފައިވާއިރު މިފަހަރު އެހެން އަހަރު ތަކަކާ ޚިލާފަށް ވޯޓުލުމަށް ގިނަ އިރުތަކެއް ވަންދެން ކިޔޫގައި ޖެހިގެން ތިބެން ވަނީ ޖެހިފައެވެ.
ވޯޓުލުން ލަސްވެގެން ދާތީ މައާފަށް އެދޭކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.