Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ޕީޕީއެމް މަރަދޫ ޒުވާނުންގެ ޖަގަހަ ހުޅުވައިފި

ޕީޕީއެމްގެ މަރަދޫ ޒުވާނުންގެ ޖަހަގަ މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މަރަދޫ ބޮޑު މަގުގައި ގާއިމުކޮށްފައިވާ "ޒުވާނުންގެ ހަކަތަ" ޖަގަހަ ހުޅުއްވައި ދެއްވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. ޖަގަހަ ހުޅުވުމަށް ބޭއްވި ބައްދަލުވުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޕާޕީއެމްގެ ކައުންސިލް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ޕާޓީން ބުނީ ޖަގަހަ ހުޅުވުމަށް ބޭއްވި ބައްދަލުވުމުގައި މަރަދޫގެ 50 ޒުވާނުންނާއި ޕީޕީއެމް އަށް ތާއީދު ކުރާ ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވި ކަމަށެވެ.

ޖަގަހަ ހުޅުވުމުގެ ހަރަކާތް ކުރިއަށް ދިޔަ އިރު، އެމްޑީޕީ އަށް ތާއިދު ކުރާ މަދު ބަޔަކު އެ ސަރަހައްދުގައި އެމްޑީީޕީގެ ދިދަ ހިފައިގެން ތިބެ މުޒާހަރާ ވެސް ކޮށްފަައިވެ އެވެ.

ޕީޕީއެމްގެ ޓީމުން މިއަދު ވަނީ މަރަދޫފޭދޫގައި ވެސް އެ ޕާޓީގެ އޮފީހެއް ރަސްމީކޮށް ހުޅުވާފަ އެވެ.