Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

މިރޭ 12 ޖެހުމުގެ ކުރިން ވަގުތީ ނަތީޖާ ސާފުވާނެ: އަކުރަމް

އީސީގެ މެމްބަރު އަހްމަދު އަކްރަމް - ފޮޓޯ: މިނިވަން ނިއުސް

މިއަދު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ ދަންވަރު 12 ޖަހާއިރަށް ލިބޭނެ ކަމަށް އިލެކްޝަން ކަމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކަމިޝަންގެ ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ އިންތިހާބު އޮމާން ކަމާއި އެކު ނިމި ވޯޓު ގުނަމުންދާތީ މިރޭ 12 ޖެހުމުގެ ކުރިން އިންތިހާބުގެ ވަގުތީ ނަތީޖާ ސާފުވެގެންދާނެކަމަށެވެ.

އަކުރަމް ވިދާޅުވީ ރާއްޖޭން ބޭރުގައި ބަހައްޓާފައިވާ ވޯޓު ފޮށި ފިޔަވައި ދެންހުރި ފޮށިތަކުގެ ނަތީޖާ މިރޭ އެނގިގެންދާނެކަމަށެެ\ވެ.

މިއަހަރުގފެ ރިޔާސީ އިންތިހާބުގައި ގިނަ ބަޔަކު ނިކުމެ ވޯޓުލާފައިވާ އިރު ވޯޓުގެ ކަންކަން ނިމިގެން ގޮސްފައިވަނީ ވަރަށް އޮމާން ކަމާއި އެކު ކަމަށް އަކުރަމް ފާހަގަ ކުރިއެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ބޮޑުތަނުން ކުރީގައި އުޅުއްވަނީ ރައްޔިތުންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.