Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

އިބޫ 34،000 ވޯޓުން ތަފާތު ބޮޑުކޮށްފި

ރިޔާސީ އިންތިޚާބު 2018 ގެ ވޯޓުގެ ނަތީޖާއިން މިހާތަނަށް ގުނުނު ވޯޓަށް ބަލާއިރު 34،000 ވޯޓުން އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) ނަތީޖާ ތަފާތު ބޮޑުކޮށްފިއެވެ.

430 އަށްވުރެ ގިނަ ފޮށިތަކުގެ ވަގުތީ ނަތީޖާ ވަނީ އާންމު ކޮށްފައެވެ. ޖުމްލަ 472 ވޯޓު ފޮއްޓަށް ވަނީ ވޯޓުލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިރޭ 12:00ގެ ކުރިން ވަގުތީ ނަތީޖާ އެނގިގެންދާނެ ކަމަށެވެ.