އުފާ ކުރުމުގައި މުންކަރާތްތަކާއި ދުރުގައި ތިބުމަށް ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ގޮވާލައްވައިފިއެވެ.
ޝެއިޚް އިލްޔާސް މިކަމަށް ގޮވާލައްވާފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) ރިޔާސީ އިންތިޚާބު 2018 ކާމިޔާބު ކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެެއްގައެވެ.
الحمد لله تتم الصالحات
huriha lobuvethi akhunnai ukhuthun Allah ah hamdhai shukuru adhakuravva mi libunu kaamiyaabee akee ilaahee v bodu niumatheh ufaafaalhukurumugaives munkaraththakai dhuruve thibbavaigen ufaafaalhukururan handhuma kodhdhen— Ilyas Hussain (@shkilyas) September 23, 2018
ހުރިހާ ލޮބުވެރި އަޚުންނާއި އުޚުތުން ﷲ އަށް ޙަމްދާއި ޝުކުރު އަދާކުރެއްވުމަށް ޝެއިޚް ވަނީ ގޮވާލައްވާފައެވެ. މި ލިބުނު ކާމިޔާބީ އަކީ އިލާހީ ވަރަށް ބޮޑު ނިއުމަތެއް ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ. އުފާ ފާޅުކުރުމުގައި ވެސް މުންކަރާތްތަކާއި ދުރުވެ ތިއްބަވައިގެން އުފާ ފާޅު ކުރުމަށް ޝެއިޚް އިލްޔާސް ވަނީ ހަނދުމަކޮށް ދެއްވާފައެވެ.
ރިޔާސީ އިންތިޚާބު މިހާރު ވަނީ އިބޫ ކާމިޔާބު ކުރައްވާފައެވެ.