Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

މަރުހަބާ ދިވެހި ލޮބުވެތި ރައްޔިތުން: ގާސިމް

ރިޔާސީ އިންތިޚާބު 2018 ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައްޔިތުން ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަރުހަބާ އާއި ޝުކުރު އަދާކުރައްވައިފިއެވެ.

ގާސީމް ކުރެއްވި ޓްވީޓެއްގައި ވަނީ އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) އަދި ރަނިންމޭޓް ފައިސަލް ނަސީމަށް މަރުހަބާ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ރައްޔިތުން މަގުމައްޗަށް ނިކުމެ އުފާ ފާޅުކުރަމުންނެވެ.