މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް ހޯއްދެވި ކާމިޔާބީއަށް އިންޑިޔާ ސަރުކާރުން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.
އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރާއްޖޭގައި ބޭއްވި ތިންވަނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން އިބްރާހިމް މުހައްމަދު ސޯލިހްއަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.
އަދި އިލެކްޝަންސް ކޮމިޝަނުން ރަސްމީ ގޮތެއްގައި އިންތިޚާބުގެ ނަތީޖާ އިއުލާން ކުރައްވާނެ ކަމަށް އުއްމީދު ކުރާ ކަމަށް މިބަޔާނުގައި ވެއެވެ.
މީގެ އިތުރުން މި ކާމިޔާބީ އިން ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި ގާނޫނީ ހުކޫމާތު ދެމެހެއްޓުމަށް ދިވެހިން ބޭނުންވެފައިވާ މިންވަރު ހާމަވެފައިވާ ކަމަށް އިންޑިޔާއިން ދެކޭ ކަމަށް ބުނެފައިވެއެވެ. އަދި ދިވެހި ރާއްޖެއާ ގާތުން އަނެއްކާވެސް މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ބުނެފައިވެއެވެ.
ރައީސް އަބްދުﷲ ޔާމީން އިންތިޚާބުން 38،000 ވޯޓުގެ ތަފާތުން ބަލިވެފައިވި ނަމަވެސް އަދިވެސް ބަލި ގަބޫލުކުރައްވައި، ކާމިޔާބު ކުރެއްވި އިބޫ ސޯލިހްއަށް މަރުހަބާ ދަންނަވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.