Last Updated: June 10, 11:04
Wednesday, June 10, 2026
ޚަބަރު

އީސީން ވަގުތީ ނަތީޖާ އިއުލާންކޮށް

އިއްޔެ ބޭއްވުނު މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރައްވައިފިއެވެ.

ނަތީޖާ އިއުލާން ކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމްއެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކެންޑިޑޭޓް ނަމްބަރު 1، ރައީސް އަބްދުﷲ ޔާމީނަށް ލިބިފައިވަނީ 96،132 ވޯޓެވެ. އަދި އިއްތިހާދުގެ ކެންޑިޑޭޓް އިބޫއަށް ލިބިފައިވަނީ 134،616 ވޯޓެވެ.

ވޯޓުލާފައިވަނީ ވޯޓު ހައްގު 263،135 މީހުންގެ ތެރެއިން 233،877 މީހުންނެވެ. އަދި 3129 ވޯޓު ބާތިލުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނަތީޖާތައް ދައްކައެވެ.

އިންތިޚާބުގައި މައްސަލައެއް އަދި ޝަކުވާއެއް އައިސްފައިނުވާކަން ފާހަގަކޮށްލެވެއެވެ. އިންތިޚާބުގެ ރަސްމީ ނަތިޖާ އިއުލާން ކުރެވޭނީ 7 ދުވަސް ތެރޭގައެވެ.