Last Updated: June 10, 10:47
Wednesday, June 10, 2026
ޚަބަރު

އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވިކަން ފޮރިން މިނިސްޓްރީން އިއުލާންކޮށްފި

އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ބަލިވެ، އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާފައިވާކަން ފޮރިން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ނެރުނު އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އިބޫ ސޯލިހް އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަން ރަސްމީ ގޮތެއްގައި ބޭރުގެ ފަރާތްތަކަށް އެންމެހާ ދިވެހި ރައްޔިތުންނަށް އިއުލާންކޮށްފައެވެ.

ނަމަވެސް އަދިވެސް ރައީސް އަބްދުﷲ ޔާމީން ބަލި ގަބޫލުކުރެއްވިކަން އިއުލާންކޮށްފައެއް ނުވެއެވެ.