ރައީސް އަބްދުﷲ ޔާމީން އިބޫއަށް ރައީސް އޮފީހަށް ވަޑައިގަތުމަށް ދައުވަތު އެރުވުމުން އިބޫ ދާދި ދެންމެއަކު ރައީސް އޮފީހަށް ހާޒިރުވެއްޖެއެވެ.
ރައީސްގެ ފަރާތުން އިބޫއަށް ރައީސް އޮފީހަށް ދައުވަތު އަރުވާފައި މިވަނީ ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން، އިބޫ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަން އިއުލާން ކޮށްފައިވަނިކޮށެވެ.
އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސް ޔާމީން އެއްވެސް އެއްޗެއް ވިދާޅުވެފައިނުވި ނަމަވެސް އިބޫ ވަނީ 34،000 ވޯޓުން އިންތިޚާބު ކާމިޔާބުކޮށްފައެވެ.