Last Updated: June 10, 10:47
Wednesday, June 10, 2026
ޚަބަރު

ޝަހީމް އިބޫއަށް މަރުހަބާ ދަންނަވައިފި

އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބުން ނާކާމިޔާބު ވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް، ޝެއިޚް މުހައްމަދު ޝަހީމް އަލީ ސައީދު، އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫ ސޯލިހްއަށް މަރުހަބާ ދަންނަވައިފިއެވެ.

ޑރ. ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ގައުމަށް ހެޔޮ އެދޭ ކަމަށާއި އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫއަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އަދި އަބަދުވެސް އެދެނީ ދިވެހި ގައުމަށް އުފާ ފާގަތި ކަމަށާއި ދެން އޮންނަ ސަރުކާރަކަށް ވެސް ކާމިޔާބު ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.