ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) އާއި ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ނިންމަވާލައްވާ 12:00 އެހާއިރު އިބްރާހީީމް މުހައްމަދު ސޯލިހް ވަނީ ނިކުމެވަޑައިގެންފައެވެ. އެހެން ނަމަވެސް މީޑިއާ އާއި ބައްދަލު ނުކުރައްވާތީ ދެކެވުނު ވާހަކަތަކެއް އެއްވެސް ތަފްސީލެއް މީޑިއާތަކަށް ލިބިފައެއް ނުވެއެވެ.
މިއަދު 12:30ގައި އިބޫ އާއި ރައީސް ޔާމީން މީޑިއާއާއި ބައްދަލުކުރައްވާ ކަހަލަ ވާހަކަތަކެއްވެސް އެބަ ދެކެވެއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެއްވި ވަގުތީ ނަތީޖާއިން ބޮޑު ތަފާތަކުން އިބޫ ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އިބޫ އާއި ފައިސަލްއަށް މަރުޙަބާ ވިދާޅުވަމުންނެވެ.