Last Updated: June 10, 11:04
Wednesday, June 10, 2026
ޚަބަރު

ނަތީޖާ އަޅުގަނޑު ގަބޫލުކޮށްފީމު: ރައީސް

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވައިފީމު ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހާރު ރައީސް އޮފީހުގައި ބާއްވަމުން އަންނަ ޕްރެސް ކޮންފަރެންސުގައި ނަތީޖާ ގަބޫލުކޮށްފައިވާ ކަމަށް ވިދާޅުވެފައިވާއިރު އެމަނިކުފާނު ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫއަށް މަރުހަބާ ވެސް ދަންނަވާފައެވެ.

އަދި އެމަނިކުފާނު ވަނީ ވެރިކަމުގެ ފަސް އަހަރު މިރާއްޖެ އިގްތިސޯދީ ގޮތުން ފުދުންތެރި ގައުމަކަށް ހެދުމަށް މަސައްކަތް ކުރެއްވި ކަމަށާއި މަސައްކަތް ކުރެއްވީ ގައުމަށްޓަކައި ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވައި، ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށް ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށާއި ރައްޔިތުން ރައްޔިތުން ބޭނުންވާ ނިންމުން ނިންމަވައިފީމު ކަމަށެވެ. އަދި އެ ނިންމުމަށް އިހުތިރާމު ކުރައްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.