Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

އެކަކު އަނެކަކަށް މާފުކޮށް ހިތް ސާފުކުރުމަށް ނަސޭހަތްތެރިވަން: ޑރ. އިޔާޒް

މި ދަނޑިވަޅުގައި ހުރިހާ ބޭފުޅުން ވެސް އެކުވެރިވެ، އެކަކު އަނެކަކަށް މާފުކޮށް ހިތް ސާފުކުރުމަށް މަސައްކަތް ކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ
ޑރ. މުހައްމަދު އިޔާޒް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބު ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) ކާމިޔާބު ކުރެއްވުމާއި ގުޅިގެން އުފާ ފާޅުކުރަމުންދާ މި ދަނޑިވަޅުގައި ޑރ. އިޔާޒް ކުރެއްވި ޓްވީޓްގައި ވަނީ ނިމިދިޔަ އިންތިޚާބުގައި ކޯލިޝަންއަށް ލިބުނު ކާމިޔާބީއަށްޓަކާ ﷲއަށް ޙަމްދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި ބުރަ މަސައްކަތް ކުރެއްވި ބޭފުޅުންނަށް ޑރ. އިޔާޒް ވަނީ ޝުކުރާއި ތަހުނިޔާ ދަންނަވާފައެވެ.