ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބު ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ވަރަށް ގިނައިރު ހަނު ހުންނެވުމަށްފަހު އަދިވެސް މިހުރީ ރައީސް ޔާމީންއާއެކު، ހުންނާނީވެސް ރައީސް ޔާމީނާއެެކު ކަމަށް ވިދާޅުވެއްޖެއެވެ.
މޮޅެތި ހިސާބު ޖައްސަވާ މީޑިއާގެ މަޝްހޫރުކަން ހޯއްދަވާފައިވާ އަދުރޭ އިންތިޚާބުގެ ނަތީޖާ ލިބުމުން ވިދާޅުވާނީ ކީކޭތޯ ބަލަން ތިއްބެވި ގިނަ ބަޔަކަށް އަދުރޭ ދެއްވީ ވަރަށް މަޑުމޮޅި ކުރު ތިން ޖުމްލައިގެ ޓްވީޓެކެވެ.
Siyaasee masahkathah nukutheeves RY aa eku. Adhives mihuree RY eku. Adhi hunnaaneeves RY eku. Insha Allah.
— Abdul Raheem Abdulla (@Banafsaa) September 24, 2018
" ސިޔާސީ މަސައްކަތަށް ނުކުތީވެސް ރައީސް ޔާމީނާއެކު. އަދިވެސް މިހުރީ ރައީސް ޔާމީންއާއެކު. އަދި ހުންނާނީވެސް ރައީސް ޔާމީނާއެެކު. އިންޝާﷲ" އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމަށް ނިސްބަތްވާ ފަރާތްތަކުން ދަނީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އަދި ރަނިންމޭޓް ފައިސަލް ނަސީމް ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވަމުންނެވެ.