ވެރިކަމުގައި ހުންނެވުމަށް ރައީސް ޔާމީނަށް އޮތް މަދު ދުވަސްކޮޅުގައި ދެންވެސް އޯގާތެރިވެ ތުއްތޮންބެ (ރައީސް މައުމޫން އަބްދުލްޤައްްޔޫމް) އާއި ފާރިސް މައުމޫން އަދި މުހައްމަދު ނަދީމް މިއަދުން މިއަދަށް ދޫކޮށް މިނިވަންކޮށް ދެއްވުމަށް ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް(ވައްޑޭ) ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ވައްޑޭ ވަނީ އެ ބޭފުޅުން ތިއްބެވީ ޝަރަފާއި އިއްޒަތުގައި މަރުޙަބާ ކިޔުއްވަން ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.
Raees yaameen eve! Verikamuga hunnevumah Manikufaanah oiy madhu dhuvas kulhugai Dhenves oagaatherive,thuththonbe(Raees UZ. @maumoonagayoom ) aai, @afarismaumoon adhi @MNadhym miadhun miadhah dhookoh,minivan koh dhevvaa! mithibee sharafaa, izzathugai maruhabaa kiyan thayyaarah. pic.twitter.com/38FQyxr1AN
— Mohamed Waheed Ibrahim (@Lawyer_Waddey) September 24, 2018
ވައްޑޭ އަކީ ރައީސް މައުމޫން ޖަލަށް ލެއްވުމުގެ ސަބަބުން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން އެންމެ ފަހުން އިދިކޮޅު ޕާޓީތަކުން އައްޑޫ ސިޓީގައި ކެމްޕޭން ނިންމުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް ވައްޑޭ ވަނީ ދާދި އަވަހަށް ރައީސް ޔާމީން "ތުއްތޮންބެ އަޅުގަނޑު ސަލާމަތް ކޮށްދެއްވާ" މިހެން ވިދާޅުވާ އަޑު އިވޭނެ ކަމަށް ވިދާޅުވެފައެވެ.