Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

މޯދީގެ ދައުވަތު އިބޫއަށް!

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޯނުން ގުޅުއްވައި މަރުހަބާ ދަންނަވައި ބައްދަލު ކުރެއްވުމަށް ދައުވަތު އަރުވައިފިއެވެ.

އިބޫ ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިއަދު މޯދީ ފޯނުން ގުޅުއްވައި އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން މަރުހަބާ ދަންނަވައި ބައްދަލު ކުރެއްވުމަށް ދައުވަތު ދެއްވިކަމަށެވެ. އަދި އެދައުވަތު ގަބޫލް ކުރައްވައި މޯދީ އާއި ބައްދަލު ކުރައްވާނެކަމަށް ވިދާޅުވިކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރާއްޖޭގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން ފެނިގެން ދިޔައީ ރައްޔިތުން ޑިމްކްރަސީ އަލުން ގެނައުމަށް ބޭނުންވާ މަންޒަރުކަން މޯދީ ފާހަގަ ކުރެއްވި ކަމަށާއި ރާއްޖޭގެ ތަރައްޤީއަށް ފުރިހަމަ އެއްބާރުލުންދޭނެކަމަށް މޯދީ ވިދާޅުވިކަމަށެވެ.

މޯދީ އިބޫއަށް ގުޅުއްވައި މަރުހަބާ ދެންނެވި އިރު ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި އިންޑިއާ އާއި ރާއްޖެ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ވަނީ އަސަރުތަކެއް ކޮށްފައެވެ. އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައިވަނީ ރާއްޖެއިން ޗައިނާ އާއި އެކު ހާއްސަ ގުޅުންތަކެއް ގެންގުޅުމުންދާތީއެވެ.