މުލިއާގެއިން ދެ ޕިކަޕްގެ ތަކެތި ނެރެގެން ގޮސް މުލިއާގެ ގަރާޖަށް ވެެއްދި މައްސަލައެއް ހޫނުވެ އެތައް ބަޔަކު އެ ސަރަހައްދަށް އެއްވަމުން އެބަދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލިލީ މަގުގައި ހުންނަ މުލިއާގެ ގަރާޖަށް އެއްޗެހިތަކެއް ދެ ޕިކަޕްގައި ވައްދަނިކޮށް ބަޔަކަށް ފެނިގެން އެ ސަރަހައްދަށް އެއްވަމުން އަންނަ އިރު މީހުން ކޮންޓްރޯލް ކުރުމަށް އެސްއޯ ފުލުހުން ރަޔަޓު ގިޔަރުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން މީހުންތައް ފޮނުވާލަން މަސައްކަތް ކުރިނަމަވެސް މީހުން ދަނީ އެތަނަށް އެެއްވަމުންނެވެ.
Lily magu muliaagey vehicle garage kurumathee#Livepics#HappeningNow pic.twitter.com/rLyIVb1eiL
— Mirzaag (@MirzaagMV) September 24, 2018
އެތަނުގައި ތިބި މީހުން ޑިމާންޑު ކުރަމުންދަނީ ޕިކަޕްގައި ގެންދިޔަ ތަކެތި މީޑިއާއަށް ދެއްކުމަށެވެ. ފުލުހުން ވަނީ އެތަކެތި މީޑިއާއަށް ދައްކާނެކަމަށް ބުނެފައެވެ.
ދެ ޕިކަޕްގެ ސާމާންގެ މައްސަލަ ފެންމަތިވެފައިވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ބޮޑު ނަތީޖާއަކުން ކޯލިޝަން ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރައްވައި ސިޔާސީ ހައްޔަރީންގެ ގޮތުގައި ޖަލަށްލާފައިވާ ސިޔާސީ ފަރާތްތައް މިނިވަން ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
މުލިއާގެއަކީ ރައީސް ޔާމީންގެ އަނބިކަބަލުން މެޑަމް ފާޠިމަތު އިބްރާހިމް ކެމްޕެއިންނާއި އެހެނިހެން ސިޔާސީ ކަންކަމުގައި ބޭނުން ކުރަމުން ދިޔަ ތަނެވެ.
ރައީސް އަބްދުﷲ ޔާމީން އިންތިހާބުން ބަލިކުރުމަށްފަހު ގިނަ ބަޔަކު ދަނީ މާލޭގައި އުފާ ފާޅުކުރަމުންނެވެ.