ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރައީސް އަބްދުﷲ ޔާމީން ކުރެެއްވީ ސީދާ ދައުލަތުގެ ވަސީލަތް ބޭނުންކޮށްގެން ކަމަށް އެތައް ދިވެހި ރައްޔިތުންނެއް ދިޔައީ ބުނަމުންނެވެ. ދައުލަތުގެ މީޑިއާ އާއި ދައުލަތުގެ އެކި މުވައްސަސާތަކުގެ ވަސީލަތް ބޭނުން ކޮށްގެން ކުރި ކެމްޕެއިނުން އެމަނިކުފާން ވަނީ ލަދުވެގޮތަކަށް ބަލިވެފައެވެ.

ރިޔާސީ އިންތިހާބް ކާމިޔާބް ކުރެއްވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނިކުންނެވީ "އިންސާފުގެ މަގަށް" ރާއްޖެ ގެންދިއުމަށެވެ. އިންސާފުގެ މަގަށް ރާއްޖެ ގެންދެވޭނީ ގާނޫނާއި ހިލާފަށް ކުރި ކަންކަން ބަލައިގެންނެވެ. ވަކިވަކިން ހިންގާފައި އެ ޖަރީމާތައް ފަސް އަޅައި ފޮރުވުމުގެ ބަދަލުގައި އެކަންކަން ބަލަން ޖެހެއެވެ. ރައްޔިތުންގެ މަޖިލީހަށް ބާރު ލިބުމާއި އެކު ހުރިހާކަމެއް ބަލަން ބާރު އަޅައި ކޯޓު ތަކާއި މިނިވަން މުވައްސަސާތަކުގެ ވާޖިބު އަދާ ކުރުމަށް ރައްޔިތުން ބާރު އަޅަން ޖެހެއެވެ.
* ދައުލަތުގެ މީޑިއާ ޕީއެސްއެމް
ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ހަމަހަމަ އުސޫލަކުން ނޫނެވެ. ގާނޫނު ބޮލާލާޖަހައި ހިތު ހުރި ގޮތަށެވެ. ޕީއެސްއެމް ނިއުސް އަދި ނިއުސް ވެބްސައިޓުން ގެނެސް ދިން ހަބަރުތައް އެހުރީ ފެންނާށެވެ.
އަބުރު ރައްކާތެރި ކުރުމުގެ ގާނޫނެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ނަމަވެސް ޕީއެސްްއެމް ދިޔައީ ގާނޫނަށް ބެލުމެއް ނެތި މީހުންގެ އަބުރު ކަތިލަމުންނެވެ. ހާއްސަކޮށް މިހާރުގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަބުރު ކަތިލަމުންނެވެ.
Dhaulathuge mudhalaai faisaa adhi magaamuge naajaaiz faidhaa beynunkohgen,vaadhaveri faraaiythakuge aburu kathilaa,hageegaiy olhuvaalamungendhaa Yameen ah Koimalaa website hingadhin Ikram aai Khaleel akee dhaadhi avahah javaabudhaaree vaanjeheyne meehun. @PSMnewsmv @tvmaldives pic.twitter.com/bG0gq5cvxt
— Ahmed Mahloof (@AhmedMahloof) August 21, 2018
ކުރީގެ ރައީސް މައުމޫންގެ އަބުރު ކަތިލައި ރިޕޯޓު ގެނެސްދީފައިވާ އިރު ރައީސް ޔާމީންގެ މުޅި ކެމްޕެއިން ކަވަރު ކުރީ ޕީއެސްއެމްއިންނެވެ. ޕީއެސްއެމްގެ ވަސީލަތްތައް ބޭނުން ކުރީ ރައީސް ޔާމީންގެ އެކަނި ޕްރޮމޯޓު ކުރުމަށެވެ.
ރިޔާސީ އިންތިހާބުގެ ކެންޑިޑޭސީ އިލެކްޝަނުން އިއްލާން ކުރުމާއި އެކު ކެންޑިޑޭޓުންނަށް ދޭން ޖެހޭ ހަމަހަމަ ފުރުސަތު ދީފައިވަނީ ރައީސް ޔާމީނަށެވެ. އިދިކޮޅު ކެންޑިޑޭޓަށް ފުރުސަތު ނުދިންތާ މުޅިންވެސް ކޮށްފައިވަނީ އެންޓި ކެމްޕެއިންނެވެ.
ޕީއެސްއެމް ބޯޑު މެމްބަރުން ފާޅުގައި ނިކުމެ ރައީސް ޔާމީނަށް ދިޔައީ ކެމްޕެއިން ކުރަމުންނެވެ. މިއީ ގާނޫނީ ބޮޑު ކުށަކަށްވާ އިރު މިއީ ލަސް ނުކޮށް ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމެކެވެ.
* ދައުލަތުގެ ކުންފުނިތައް
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައިސް ޔާމީން ކެމްޕެއިނަށް އެންމެ ބޮޑަށް ބޭނުން ކުރީ ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި ވަސީލަތް ތަކެވެ. ތަފާތު ހަރަކާތްތައް ހިންގާފައިވަނީ ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުންނެވެ.
Civil service aai kunfuni thakun furaa formthah PPM ofeehah genes enter kuraakamah Fathmath Didi vidhaalhuvaairu,miadhaa hama ah enme form ehves husha’alhaafa nuvey.Ragistree nukurevigen vote nulevijjenama,
Vazeerun,kunfunithakuge verin,Yameen adhi Fathmath Didi zinmaavaan jehey. pic.twitter.com/25ZDISvKCn— Ahmed Mahloof (@AhmedMahloof) July 29, 2018
ހައުސިން މިނިސްޓްރީ އާއި އެމްއާރްޑީސީ އަދި އެމްޕީއެލްގެ އެތައް ތަކެއްޗެއް އިންތިހާބުގެ ކެމްޕެއިންނަށް ބޭނުންކުރިތައް ދިވެހިން ތިބީ ބަލައިގެންނެވެ.
މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް ވަޒީފާއިން ދޫކޮށް ކެމްޕެއިން އޮފީސްތަކަށް ފޮނުވާފައިވާ އިރު މުވައްޒަފުންނަށް އިތުރު ގަޑި ހަމަޖައްސާފައިވަނީ ދައުލަތުގެ ފައިސާއިންނެވެ.
Dhivehi fuluhun inzaarudhinumahfahu,HCD ge Bunyameen ge order ah PPM ga faisaa ah masahkaiy kuraa kudhinkolhu Hulhumale’ ga huri alhugandumenge campaign poster thah iranfashaifi. Saabas @PoliceMv ?? pic.twitter.com/g8oS9YZ6N4
— Ahmed Mahloof (@AhmedMahloof) August 4, 2018
ހުޅުމާލެ ޑިވެލޮޕްމަންޓު ކޯޕަޜޭޝަން (އެޗްޑީސީ)، ފެނަކަ ކޯޕަރޭޝަން، އެމްއާރުޑީސީ، ޕޯޓުސް ލިމިޓެޑްގެ ގިނަ ވަސީލަތްތައް ބޭނުން ކުރީ ރައީސް ޔާމީންގެ ކެމްޕެއިންނަށެވެ. އެޅުވީ ރައީސްގެ ޓެގް ބޯޑެވެ. ދައްކަނީ އަދި ކުރަނީ ކެމްޕެއިން މަސައްކަތެވެ.
Azeel (Boava) HDC ge muahzafun haazirukohgen dhanee birudhakkamun. Yameen ah vote nudheynama vazeefaa inn kandaalaanekamah dhanee inzaarudhemun.
HDC ge evves muahzafaku noonekey nubunaathi. Sirrun vote eh dhee, 23 vana dhuvahu thiya Azeel Iraadhakureviyya fonuvaalaanee geyah. pic.twitter.com/ne3Dh4sxfH— Ahmed Mahloof (@AhmedMahloof) September 20, 2018
ދިދަ ފަތި ދެމުމަށް މި ކުންފުނިތަކުގެ ޕިކަޕް ތަކާއި، ފޯކް ލިފްޓު އަދި ކެރޭން ބޭނުން ކުރަމުން ދިޔައީ ހިތު ހުރި ގޮތަށެވެ. މި މަސައްކަތުގައި ތިބި ބައެއް މުވައްޒަފުން ދެއްކި ވާހަކަތަކާއި ކުރި ޝަކުވާތަކަށް ދެމުން ދިޔައީ ވަޒިފާއިން ކަނޑާލާނެކަމުގެ އިންޒާރެވެ.
PPM ge Jalsaa ah MPL inn mirey 1094 muahzafun gendhan majuboorukoffa. Komme department akah vaki kula ehge number bahaa, Jalsaa ah goss e number havaalukuran vanee angaafa.
Yameen gadha. ?? pic.twitter.com/6o7Hzi9BVY— Ahmed Mahloof (@AhmedMahloof) September 18, 2018
ރައީސް ޔާމީންގެ މި އިންތިހާބުގެ ކެމްޕެއިންގައި ފުލުހުން ފެނުނީ ވަކިކޮޅެއްގައި ތިބޭ މަންޒަރެވެ. ރައީސް ވަޑައިގަންނަވާތީ އިދިކޮޅު ކެންޑިޑޭޓުގެ ބެނާ ކަނޑާލާ މަންޒަރެވެ. އިދިކޮޅު ކެންޑިޑޭޓުގެ ޖަގަހަ ބަންދުކޮށް އެެތަންތަނުގައި ފުލުހުން ފޯރި މަރާ މަންޒަރެވެ.
ފާޅުގައި ވޯޓުލީ ދުވަހު ވޯޓު ގަންނަމުން ދިޔަ މަންޒަރު ފުލުހުންނަކަށް ނުފެނެއެވެ. މި މައްސަލަތަކާއި ގުޅިގެން ފުލުހުން ވާހަކަ ނުދައްކައެވެ. ހިތަދޫން އައިޑީ ކާޑް ގަންނަމުން ދިޔަ މީހަކު ފުލުހުންނަށް ރިޕޯޓުކޮށްގެން ހައްޔަރު ކުރިއެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ދޫކޮށްލިއެވެ. ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލެއް ހާމަ ނުކުރެއެވެ.
Faalhuga MDP ge dhidhathah kandaa naganee. @PoliceMv mimeehun hayyaru koffintho ? Kolamaafushi 18 zuvaanunge mahchah terrorism dhauvaa kurigothah, PPM ge mi supporterunnah terrorism dhauvaa koffintho ? pic.twitter.com/9cvFktczX0
— Ahmed Mahloof (@AhmedMahloof) September 8, 2018
ފުލުހުން ބޭއްވި ނޫސް ކޮންފަރެންސްތައް އާއްމުން ބެލީ ސިޔާސީ ނޫސް ކޮންފަރެންސްތަކުގެ ގޮތުގައެވެ.
އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) ން މިހާތަނަށް މިކަންކަމާއި ގުޅޭ ގޮތުން ވާހަކައެއް ނުދައްކައެވެ. މުޅި ނިޒާމް މިވަނީ ގަޑުބަޑު ވެފައެވެ.
މިކަންކަމަކީ ހިތްތިރިކޮށްލައިގެން ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ. މިކަންކަމުގެ ތަހްގީގު މިހާރުން މިހާރަށް ފުލުހުން ކުރަން ޖެހެއެވެ. ނޫން ނަމަ ދުވަހަކުވެސް މިގައުމު އިންސާފުގެ މަގަށް ނުގެނެވޭނެއެވެ، ހައްތާވެސް ކަރަޕްޝަން އިތުރުވެ ގައުމުގެ ހާލަތު ގޯސްވާނީއެވެ.