Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

މަހްލޫފުއަށް ކުރާ ޓެރަރިޒަމް ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރު

ޓެރަރިޒަމް ދައުވާ އުފުލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފުގެ މައްޗަށް ކުރާ ޝަރީއަތުގެ އަޑުއެހުމެއް މިއަދު މެންދުރަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

މަހްލޫފުގެ މައްސަލަ ކޯޓުގައި ތާވަލް ކޮށްފައިވަނީ ވަނީ މިއަދު މެންދުރުފަހު 13:00 އަށެވެ.

މަހްލޫފު ވަނީ އޭނާގެ ވަކީލު މުހައްމަދު ހައްސާން އަހުމަދަށް ކްރިމިނަލް ކޯޓުން ފޮނުވާފައިވާ ޗިޓު ޓްވީޓުކޮށްފައެވެ. މަހްލޫފު ވިދާޅުވީ މިއަދު ޚޯޓަށް ހާޒިރު ވަނީ އުއްމީދުން ފުރިގެން ކަމަށެވެ.

މަޚުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި އެހެން ބައެއް ދައުވާތައްވެސް ކުރާއިރު އޭނާވެސް ހައްޔަރު ކުރީ ސުޕްރީމްކޯޓުގެ 1 ފެބުރުއަރީގެ އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފެބުރުއަރީ 22 ވަނަ ދުވަހުގައެވެ.