Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ބަދަލު ހިފުމުގެ ރޫހެެއް ނުގެންގުޅޭނަން: ކޯލީޝަން

ވެރިކަން ބަދަލުވިއަސް ބަދަލު ހިފުމުގެ ރޫހެއްގައި އެއްވެސް ކަމެއް ނުކުރާނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސް ކޮންފަރެންސްގައި ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ކޯލީޝަން ސަރުކާރުން މަސައްކަތް ކުރާނީ ވައުދު ފުއްދުމަށް ކަމަށާއި ބަދަލު ހިފުމުގެ ރޫހެއްގައި އެއްވެސް ކަމެއް ނުކުރާނެކަމަށެވެ.

ހުސެއިން ވިދާޅުވީ މިހާރުގެ ކޯލިޝަން ތަފާތު ކަމަށާއި މީގެ ކުރިން ކޯލިޝަން ހަދާފައިވަނީ އިންތިހާބުގެ ދެވަނަ ބުރުން ކަމަށެވެ. ނަމަވެސް. މިފަހަރުގެ އިންތިހާބަށް ކެންޑިޑޭޓަކު ނެރުނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާގެ މަތިން ކަމަށެވެ

"އަޅުގަނޑުމެންގެ ރިޔާސީ ކެމްޕެއިންގައި އަޅުގަނޑުމެން ކުރި ވައުދުތައް ކޮރަޕްޝަނާއި، ފަސާދައާއި، ވައްކަމާއި ދެކޮޅަށް އަޅުގަނޑުމެން ދެއްކި ވާހަކަތަކާއި ވީ ވައުދުތައް ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފުރިހަމަ ކުރާނަން. މިއިން އެއްވެސްކަމެއް އަޅުގަނޑުމެން ކުރާނީކީ އެއްވެސް މީހެއްގެ ކިބައިން ބަދަލުހިފުމުގެ ނުބައި ނިޔަތުގައެއްނޫން."

ހުސެއިން ވިދާޅުވީ ރައްޔިތުން އެދޭ ވެރިކަމެެއް ކުރުމަށް ކަރަޕްޝަނާއި، ފަސާދަ އާއި ވައްކަން ނިމުމަށް ގެންނާނެ ކަމަށެވެ.