Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ޗާޓަރު ފްލައިޓުގައި ވޯޓުލާން ޕީޕީއެމްއިން އައްޑޫއަށް ގެނައި ބައެއް މީހުން ނުފުރިފައި!

ޗާޓަރު ފްލައިޓުގައި އައްޑުއިން ދާ ޕީޕީއެމް ސަޕޯޓަރުން

އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޗާޓަރ ފްލައިޓުތަކުގައި އައްޑޫއަށް ގެނައި ބައެއް މީހުން ފުރޭ ގޮތް ނުވެގެން ޝަކުވާ ކުރަން ފަށައިފިއެވެ.

ވޯޓުލާން މާލެއިން އައްޑޫއަށް އައި ޒުވާނަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ އޭނާ ވޯޓުލާން ގެނައީ ހޮނިހިރު ދުވަހުގެ ރޭގެ ފްލައިޓަކުން ކަމަށާއި ފުރަން އޮތީ ހޯމަ ދުވަހު ހެނދުނު ކަމަށެވެ. ނަމަވެސް އިންތިހާބު ރައީސް އަބްދުﷲ ޔާމީން ނާކާމިޔަބު ވުމާއި އެކު އެކަމުގައި ހަރަކާތްތެރިވި އެންމެން ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށެވެ.

"މިހިރީ ވަޒީފާއަށް ނުދެވި އައްޑޫގައި ތާށިވެފައި، އަހަރެމެން ގެނައީ ވޯޓުލާފައި އަނެއް ދުވަހު ދަންވަރު ފުރުވަން ހަމަޖައްސައިގެން، ވޯޓުން ބަލިވި ފަހުން މިއުޅެެނީ ފުރޭ ގޮތް ނުވެގެން"

ގިނަ އަދަދެއްގެ ބަޔަކު ޗާޓަރު ފްލައިޓުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވޯޓުލުމަށްޓަކައި ޕީޕީއެމް ފޮނުވާފައިވެއެވެ.

ރިޔާސީ އިންތިހާބްގައި ރައީސް ޔާމީން ބަލިވެފައިވަނީ 38،523 ވޯޓުގެ ތަފާތަކުންނެވެ.