Last Updated: June 8, 09:21
Monday, June 8, 2026
ޚަބަރު

ކޮލަމާފުށިން ހައްޔަރު ކުރި 18 މީހުން ދޫކޮށްލުމަށް އަމުރު ނެރެފި

ކޮލަމާފުށިން ހައްޔަރު ކުރެވުނު ފަރާތެއް ފުލުހުން ގެންދިޔަމަންޒަރެއް

ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ކޮލަމާފުށިން ހައްޔަރު ކުރި 18 މީހުން ދޫކޮށްލުމަށް ކޯޓުން އަމުރު ނެރެފިއެވެ.

ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން މި އަމުރު ނެރެފައިވަނީ ފުލުހުން މި ފަރާތްތައް މިނިވަން ކުރުމަށް ކޯޓަށް ހުށަހެޅުމުން ކަމަށް މައުލޫމާތު ލިބެއެވެ.

އޮގަސްމަހުގެ 18 ވަނަ ދުވަހު ހައްޔަރު ކުރެވުނު މިމީހުން މިނިވަން ކޮށްފައި މިވަނީ 26 ދުވަސް ފަހުންނެވެ. މި އަމުރު ނެރެފައިވަނީ މިއަދު ގާތްގަނޑަކަށް 11 ޖަހާކަންހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

ކޮލަމާފުށީ ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި މިކަމުގައި މަސައްކަތް ކޮށްދެއްވި ވިލިނގިލި އަދި ކޮލަމާފުށީގެ ރައްޔިތުންނަށް ޝުކުރުއަދާ ކުރައްވާފައެވެ.