ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު(އަބުހަރީ ޒުހައިރު) ގޭގައި މަޑުކުރަން އަންގައިފިއެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ޒުހައިރު ވަނީ މީގެ ކުރިން ފެނަކައިގެ އައްޑޫ ޑިޕާޓްމެންޓުގެ އިސް ވެރިޔެއްގެ މަގާމުވެސް އަދާކޮށްފައެވެ.
ހައުސިންގެ އެގްޒެކެޓިވް ކޯޑިނޭޓާގެ މަގާމުގައި ޒުހައިރު ގޭގައި މަޑު ކުރަން އެންގި މައުލޫމާތު ހޯދާލުމަށް ހައުސިން މިނިސްޓްރީ އަދި ރައީސް އޮފީހުންވެސް ސާފެއް ނުވެއެވެ.