Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

މަހްލޫފު ދޫކޮށްލައިފި

އަހުމަދު މަހްލޫފު، ފޮޓޯ: އަވަސް

ޓެރަރިޒަމް ދައުވާ އުފުލައި ގޭބަންދުގައި ހުރި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފު މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

މަހްލޫފު ދޫކޮށްލާފައިވަނީ އޭނާގެ ބަންދުގެ މުއްދަތާއި ގުޅޭގޮތުން މިއަދު މެެންދުރު 1 ޖެހި އިރު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފަހުއެވެ.

މަޚުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި އެހެން ބައެއް ދައުވާ އުފުލައި ހައްޔަރު ކުރީ ސުޕްރީމްކޯޓުގެ 1 ފެބުރުއަރީގެ އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފެބުރުއަރީ 22 ވަނަ ދުވަހުގައެވެ.

މިއަދުގެ ޝަރިއަތުގައި ދައުލަތުގެ ވަކީލް ވިދާޅުވީ މަހްލޫފު ބަންދުގައި ބެހެއްޓީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ކަމަށެވެ.

މަހްލޫފު މިއަދު ދޫކޮށްލެއްވި އިރު ރޭ ވަނީ ރައީސް ޔާމީންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް އާއި ކުރީގެ ސީޕީ އަހުމަދު އަރީފްގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު އިލްހާމް އާއި މައްޗަންގޯޅި އުުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިނިވަން ކޮށްފައެވެ.

ތަފްސީލް އަންނަނީ…..