Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އެކްޓިން ސީޕީ އިބޫ އާއި ބައްދަލު ކުރައްވައިފި

އެކްޓިން ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ރިޔާސީ އިންތިހާބް ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލު ކުރައްވައިފިއެވެ.

އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ނަވާޒު އާއި އިބޫ ބައްދަލުކުރެއްްވީ ނަވާޒުގެ އެދުމުގެ މަތިން ކަމަށެވެ. މި ބައްދަލުވުމުގައި ނަވާޒު އިބޫ މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ބަދަލުވުމުގެ ކަންކަން އޮމާން ކަމާއިއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ލިޔެކިއުން ނައްތާލާނެކަމުގެ އަޑު ފެތުރިފައިވާތީ އެކަމުގެ ކަންބޮޑުވުން އިބޫ ނަވާޒު އާއި ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބް އިބޫ ކާމިޔާބް ކުރެއްވުމާއި ގުޅިގެން ސަރުކާރުގެ އިސް ފަރާތްތަކުން އިބޫއަށް މަރުހަބާ ދަންނަވަމުންދާކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.