Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ޝެއިހް އިލްޔާސްގެ ޕާސްޕޯޓު ދޫކޮށްލައިފި

ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސްގެ ޕާސްޕޯޓު ހިތަދޫ ކޯޓުން ދޫކޮށްލައިފިއެވެ.

އިލްޔާސްގެ ޕާސްޕޯޓު ހިފެހެއްޓީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭން ބޭރަށް ވަޑައިގަތުމަށް އެއާޕޯޓަށް ދިއުމުން ގަން އެއާޕޯޓުގެ އިމިގްރޭޝަނުންނެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ 7 ދުވަހަށް އިލްޔާސްގެ ޕާސް ޕޯޓު ހިފެހެއްޓުމަށެވެ.

މަރްހޫމް އަފްރާޝީމްގެ މަރާއި ގުޅިގެން އިލްޔާސް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ފުލުހަށް ހާޒިރު ވުމަށް އިލްޔާސްއަށް ފުލުހުން އެންގިއެވެ. ނަމަވެސް އިލްޔާސް ފުލުހަށް ހާޒިރުކޮށްފައި ނުވެއެވެ.

އިލްޔާސް ވަނީ ރައީސް ޔާމީނަށް ވޯޓު ނުދިނުމަށް ރައްޔިތުން ގާތު އެދިފައެވެ.