އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ސަރުކާރުގެ ލިޔެކިއުން ނައްތާލުމަށް މަސައްކަތް ކުރަމުންދާކަމަށް ފެތުރޭ އަޑުތަކާއި މެދު ކަންބޮޑުވާކަމަށް އިޞުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ވިދާޅުވީ ސަރުކާރުގެ ލިޔެކިއުން ނައްތާލުމަށް މުވައްޒަފުންނަށް ބިރު ދައްކަމުންދާ ކަމުގެ އަޑު ފެތުރެމުންދާ ކަމަށެވެ. އެހެންވެ އެކަން ބަލައި ދިނުމަށް އެކްޓިން ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ އަރިހުން އިބޫ އެދިވަޑައިގެންފައިވާ ކަމަށެވެ.
ސަރުކާރުގެ ލިޔެކިއުން ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ވަނީ ދޮގުކޮށްފައެވެ.
ލިޔެކިއުން ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑު ފެތުރިފައިވާ އިރު މާފަންނު ވެސްޓްޕާކް ހިންގި ސަރަހައްދުގައި ހަދާފައިވާ ރައީސް ޔާމީންގެ އޮފީހުން ބައެއް ތަކެތި އަންދާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މީގެ އިތުރުވެސް މުލިއާގެއިން ދެޕިކަޕްގެ ތަކެތި ނެރެނިކޮށް ބަޔަކު އެތަނަށް އެއްވެ އޭގައި ހުރި ސާމާން މީޑިއާއަށް ދެއްކުމަށް ގޮވާލާފައެވެ.