Last Updated: June 8, 09:21
Monday, June 8, 2026
ޚަބަރު

ފުލުހުންނާއި ސިފައިން ދެއްކެވި ސާބިތުކަމާއި ހިތްވަރަށް ސާބަސް: ޝެއިޚް އިލްޔާސް

ކެމްޕޭން ނިންމެވުމުގެ ގޮތުން އައްޑޫ ސިޓީގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ޝެއިޚް އިލްޔާސް ވާހަކަ ދައްކަވަނީ

ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމެވި ނިންމެވުމާއި ގުޅިގެން ބަޔަކު ގައުމު ހަލަބޮލި ކޮށްލަން އުޅުނު އުޅުމުގައި ދިވެހި ފުލުހުންނާއި ސިފައިން ދެއްކެވި ސާބިތުކަމާއި ހިތްވަރަށް އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

މި ވާހަކަ ހިއްސާކުރައްވާފައި ވަނީ ޝެއިޚް އިލްޔާސް ކުރެެއްވި ޓްވީޓެއްގައެވެ.

"ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނިންމެވި ނިންމެވުމާއި ބަޔަކު ގައުމު ހަލަބޮލި ކޮށްލަން އުޅުނު އުޅުން ހުއްޓުވުމުގައި ދިވެހި ހީވާގި ސިފައިންނާއި ފުލުހުން ދެއްކެވި ސާބިތުކަމާއި ހިތްވަރަށް އައްސަރިބަހާއި ސާބަސް ދަންނަވަން. ޖަޒާކުމުﷲ ޚައިރަން." އިލްޔާސް ވިދާޅުވިއެވެ

ރައްޔިތުންގެ ނިންމުން ނިންމެވުމަށްފަހު ފުލުހުންނާއި ސިފައިންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުން ގިނަ ފަރާތްތަކަކުން ދަނީ ފާހަގަ ކުރައްވަމުންނެވެ. އިންސާފުވެރިކަމާއި އެކު ޒަމާންތަކަކަށްފަހު އެ ފަރާތްތަކުން އަމަލު ކުރައްވަން ފައްޓަވައިފި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.