Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

އިބޫ ހޮވުމާއި އެކު ޕީއެސްއެމްގެ ރާގު ބަދަލުވެއްޖެ

އެމްޑީޕީގެ ގައުމީ މަޖްލިސް ބައްދަލުވުން ޕީއެސްއެމްއިން ލައިވް ކުރަނީ، މީގެ ކުރިން މި މަންޒަރެއް ނުފެނޭ.

އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮވިވަޑައިގަތުމާއި އެކު ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާގު ބަދަލުވެއްޖެއެވެ.

ރައްޔިތުންގެ ފައިސާއިން ހިންގަމުން އަންނަ ޕީއެސްއެމް ނިމިގެން ދިޔަ ރިޔާސީ އިންތިހާބްގެ ކެމްޕެއިން ދުވަސްވަރު ފެނިގެން ދިޔައީ ރައީސް ޔާމީންއަށް ސަނާ ކިޔައި، އިބޫއަށް އެންޓި ކެމްޕެއިން ކުރި މަންޒަރެވެ.

ޕީއެސްއެމްގެ ވެރިން ފެނިގެން ދިޔައީ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތުންނެވެ. ހާއްސަކޮށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިކްރާމް ފެނިފައިވަނީ އެންމެ ބޮޑަށް އިބޫ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ފާޑު ކިޔައި ބޮޑެތި ދޮގު ތުހުމަތުތައް ކުރެއްވި މަންޒަރެވެ.

ގާނޫނުން ފޯރުކޮށްދޭން ޖެހޭ ހަމަހަމަ ފުރުސަތު ނުދިންތާ އެކި ކަހަލަ ދޮގު ބުހުތާން އިލްޒާމް ދިޔައީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އަޅުވައި ރައްޔިތުން އޮޅުވާލަމުންނެވެ.

ނަމަވެސް މިއަދު އެމްޑީޕީން ކުރިއަށްގެންދާ އެޕާޓީގެ ގައުމީ މަޖްލިސް މިހާރުވެސް ގެންދަނީ ލައިވްކޮށް ގެނެސްދެމުންނެވެ.

އިންސާފު ގާއިމް ކުރުމަށް އައި އިބޫގެ ސަރުކާރުން ދައުލަތުގެ މީޑިއާ މިނިވަން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.