ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދުގެ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ސްޕްރީމް ކޯޓުން ސަސްޕެންޑް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން ސުއޫދު ކޯޓުތަކުގައި ވަކާލާތު ކުރުން މަނާކުރުމަށް ނިންމާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު އިސްތިއުފާދެއްވުމަށް ކުރެއްވި ޓްވީޓަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ސުއޫދު ކުރެއްވި ޓްވީތްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ހަމަޖެހުމަށާއި އަމާންކަމަށް މަޖިލިސް ރައީސް އަބްދުﷲ މަސީހާއި، އުއްތަމަ ފަނޑިޔާރު ޑރ.އަބްދުﷲ ދީދީ އިސްތިއުފާދެއްވަން ޖެހޭ ކަމަށެވެ.
https://twitter.com/hsuood/status/1044235778681790469
ސުއޫދު ވަނީ އިއްޔެ ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައިވެސް އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އިސްތިއުފާ ދެެންނެވުމަށް ގޮވާލާފައެވެ.