Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން: އިބޫ

ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި ސަރުކާރު ބަދަލު ކުރުމުގެ ތެރޭގައި އެންމެން އެކަތިގަޑެއްގެ ގޮތުގައި ތިއްބެވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދިވެހި ރައްޔިތުންގެ އަރުހުން އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބަށް ފަހު އެމްޑީޕީން ކުރިއަށްގެންދާ އެޕާޓީގެ ފުރަތަމަ ގައުމީ މަޖްލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި ކުރަން ޖެހޭ މަސައްކަތްތައް ގިނަކަމަށެވެ.

އަދި ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ކޯލީޝަންގެ ވައުދު ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން. ކުރަން ޖެހޭ މަސައްކަތްތައް ގިނަ. މި އެދެނީ މި ޓްރާންސިޝަން ތެރޭގައިވެސް އެންމެން އެކަތި ގަނޑެއްގެ ގޮތުގައި ދެމިތިބުން ވަރަށް މުހިއްމު. ކޯލިޝަން ދެމެހެއްޓުމާއި ވައުދުތައް ފުއްދުމުގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ދައުރު ވަރަށް ބޮޑު"

އިބޫ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ މުވައްސަސާތަކުގެ ބޭފުޅުންނާއި ބައްދަލު ކުރައްވާނެކަމަށާއި ބޭރުގެ ގިނަ ގައުމުތަކުން ސަރުކާރަށް އެއްބާރުލުން ދޭން ތައްޔާރަށް ތިއްބެވި ކަމަށެވެ.