Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ޕީޕީއެމްގެ ކުއްލި ކޮންގްރެސް އަންނަ ހުކުރު ދުވަހު

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އާދަޔާ ހިލާފު ކޮންގްރެސް އަންނަ ހުކުރު ދުވަހު ބާއްވަން އެޕާޓީން ނިންމައިފިއެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު މިއަދު ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ އަސާސީ ގަވާއިދުގެ މަތިން ހާއްސަ ގޮތުން ބާއްވާ ޖަލްސާ އޮގަސްޓު 28، 29 ދެދުވަހު ބޭއްވުމަށް ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ޕީޕީއެމްއިން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި އެޕާޓީގެ ނައިބް ލީޑަރ އަބްދުއް ރަހީމް ވިދާޅުވީ އެޕާޓީ ދެން ހަރަކާތްތެރިވާނީ ރާއްޖޭގެ އިދިކޮޅު ޕާޓީގެ ގޮތުގައި ކަމަށެވެ.