Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

އިބޫއަށް ޗައިނާއިން މަރުހަބާ ކިޔައިފި

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ)އަށް ޗައިނާ ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.

ޗައިނާއިން އިބޫއަށް މަރުހަބާ ކިޔާފައިވަނީ އެގައުމުގެ ފޮރިން މިނިސްޓްރީއިން ބޭއްވި ނޫސް ކޮންފަރެންސްގައި އެމިނިސްޓްރީގެ ތަރުޖަމާން ގެންގް ޝުއަންގްއެވެ.

ޝުއަންގ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު 58 ޕަސެންޓާއި އެކު އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެގައުމުން މަރުހަބާ ކިޔާ ކަމަށެވެ.

ޝުއަންގ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ރާއްޖެ އާއި އެކު ގާތް ގުޅުމެއް އުފެދިފައިވާ ކަމަށާއި އިބޫގެ ވެރިކަމުގައި ގުޅުން އިތުރަށް ބަދަހި ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން އިބޫގެ ވެރިކަމުގައި ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ރާއްޖެއާއިއެކު އިތުރު ގިނަ މަސައްކަތްތަކެއް ހިންގޭނެކަމުގެ އުންމީދުކުރައްވާކަމަށް ގެންގް ޝުއަންގް ވިދާޅުވިއެވެ.

ޗައިނާއިން ވަނީ ސިނަ މާލެ ބްރިޖު އަޅައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ މަޝްރޫއު ހިންގަމުންނެވެ.