މިނިވަން މުއައްސަސާތަކަށް ގާނޫނޫން ލިބިދީފައިވާ އަމިއްލައަށް ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ހުއްޓުވާފައި އޮތުމަށްފަހު ސްޕްރީމް ކޯޓުން މިއަދު ދީފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމަށް ކަނޑައަޅާފައިވާ ކަންތައްތައް ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަނައިބް ކަމަށް ގާނޫނުގައި ބުނެފައި އޮތް ނަމަވެސް މިނިވަން މުއައްސަސާތަކާއި އިދާރާތަކުން ހުށަހަޅާ މައްސަލަތަކުގައި އެފަރާތްތައް ތަމްސީލު ކުރާނީ ސިދާ އެފަރާތުން ކަމަށް ސްޕްރީމް ކޯޓުން އިއްޔެ އާއްމު ކުރި ސިޓީއެއްގައި ބުނެފައި ވަނީ ބުނެފައެވެ.
ސްޕްރީމް ކޯޓުން މި ސިޓީ އާއްމު ކޮށްފައި ވަނީ މިދިޔަ 2015 ވަނަ އަހަރު އެ ކޯޓުން ނެރެފައިވާ ސިޓީ ބާތިލް ކުރުމަށްފަހުގައެވެ. އެސިޓީން މި ބާރުތައް ދީފައި ވަނީ ބަންޑާރަ ނައިބަށެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ މިނިވަން މުއައްސަސާތަކުން ދައުވާކޮށް ދައުވާ ލިބިގަތް ނަމަވެސް ވަކި މައްސަލައެއްގައި ދައުލަތުގެ މަސްލަހަތު ނޫނީ އާއްމު މަސްލަހަތު ހިމެނޭ ކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ނަމަ ކޯޓުގެ ހުއްދައަކާއިއެކު ކޯޓުގައި ބަންޑާރަނައިބް ތަމްސީލު ކުރެވިދާނެ ކަމަށެވެ. ހަމަ އެގޮތަށް ކޯޓަށް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ފެނިއްޖެ ހިދެއްގައި ބަންޑާރަނައިބަށް ފުރުސަތު ދެވިދާނެ ކަމަށެވެ.