Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ފްލައިމީން އައްޑޫ ފުވައްމުލަކުގެ ދަތުރު ފަށަނީ

ފްލައިމީގެ ދަތުރުތައް އައްޑޫ އަދި ފުވައްމުލަކަށް ފެށުމަށް އެއެއާލައިނުން މަސައްކަތް ފަށައިފިއެވެ.

ފްލައިމީގެ އޮފިޝަލަކު ވިދާޅުވީ ގަމާއި ފުވައްމުލަކަށް ދަތުރުފެށުމަށް ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ފަށާފައިވާ ކަމަށެވެ.

ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ވިލާ އެއާއިން އޮޕަރޭޓު ކުރާ ފްލައިމީން މިދިޔަ އަހަރު އޮކްޓޫބަރ މަހު ގަމަށް ދަތުރު ފެށުމަށް ސިވިލް އޭވިއޭޝަނަށް ހުއްދައަށް އެދުނެވެ. ނަމަވެސް އޭރު އެ ހުއްދަ ފްލަައިމީއަށް ނުދިނެއެވެ.

ފްލައިމީގެ ދަތުރުތައް ގަމާއި ފުވައްމުލަކަށް ފަށަން ތައްޔާރުވާއިރު ނިމިގެންދިޔަ ރިޔާސީ އިންތިހާބް ކާމިޔާބު ކުރެއްވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

އިބޫގެ ރަނިންމޭޓު ފައިސަލް ނަސީމް ފުވައްމުލަކުގައި ވިދާޅުވެފައިވަނީ ވެރިކަމުގެ ފުރަތަމަ ދުވަހުވެސް އެތެރޭގެ އުދުހުންތަކުގެ އަގު ތިރިކުރައްވާނެކަމަށެވެ.

ފްލައިމީން ގަމަށް ދަތުރު ފަށާއިރު މިހާރު އައްޑޫ/ ފުވައްމުލަށް އުދުހެނީ މޯލްޑިވިއަން އެކަނިއެވެ. މޯލްޑިވިއަންގެ ޓިކެޓުގެ ރަސްމީ އަގަކީ ކޮޅަކަށް 1740 ރުފިޔާއެވެ.