Last Updated: June 8, 09:21
Monday, June 8, 2026
ޚަބަރު

ރައީސް މައުމޫނާއި ފާރިސްގެ މައްސަލަ ލަސްކުރަނީ ގައުމީ ޖަލްސާ ބާއްވަން:ނާދިރާ

ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ފާރިސް މައުމޫންގެ ހައިކޯޓްގައި ހުށަހަޅާފައި އޮތް މައްސަލަ ތާވަލް ނުކޮށް އުޅެނީ ޕީޕީއެމްގެ ގައުމީ ޖަލްސާ ބާއްވަން ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިދިކޮޅު ޕާޓީތަކާއި އެކު ހަރަކާތްތެރިވެވަޑައިގަންނަވާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

ނާދިރާގެ ޓްވީޓްގައި އޭނާ ވަނީ ކޮންގްރެސް ބާއްވާފަ ފެއިލްވެފަ ހުރި މީހަކަށް ލީޑާޝިޕް ހަވާލުކުރީ ދުނިޔޭގެ ކޮން ގައުމެއްގައިތޯ ސުވާލު ކުރައްވާފައެވެ.

"ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމްޕީ ފާރިސް މައުމޫންގެ ހައިކޯޓަށް ހުށަހަޅާފަ އޮތް މައްސަލަ ތާވަލް ނުކޮށް މިއުޅެނީ ގައުމީ ޖަލްސާ ބާއްވަން. ކޮންގްރެސް ބާއްވާފަ ފެއިލްވެފަ ހުރި މީހަކަށް ލީޑާޝިޕް ހަވާލުކުރީ ދުނިޔޭގެ ކޮން ގައުމެއްގަބާ؟ އިންޝާﷲ ޕީޕީއެމް ހަލާކު ކުރުމަށް ފުރަތަމަ ފައިނެގި ދުވަހަށް ރުޖޫޢަ ވާނަން." ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވަނީ ކުރީގެ އޮތް ހާލަތަށް ޕީޕީއެމް ގެންްދަވާނެ ކަމަށް ވިދާޅުވެފައެވެ.