Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

"ރައްޔިތުންގެ ވިންދާއި ދެކޮޅަށް ވެރިކަމުގައި ނުހުރެވޭނެ"

ރައްޔިތުންގެ ވިންދާއި ދެކޮޅަށް ވެރިކަމުގައި ރައީސް ޔާމީނަކަށް ނުހުންނެވޭނެކަމަށާއި، ޖެހޭނީ ވެރިކަމުން ފައިބައިގެން ދާން ކަމަށް އިލެކްޝަން ކަމިޝަނުން ގޮޑި ގެއްލުވާލާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކޮކަޑި ކޭ މީދާ ހެން، ވާރޭ ފެންފޮދެއް ބޮވޭއިރަށް، އަދިވެސް ބޯ ހިއްލާލެވިދާނެކަމަށް ޔާމީން އުޅުއްވާ"
ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ ވިންދާއި ދެކޮޅަށް ވެރިކަމުގައި ޔާމީނަކަށް ނުހުންނެވޭނެކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަން ކަމިޝަނުން އިއްލާންކޮށްފައިވާ އިރު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފައިވަނީ 98،852 ވޯޓެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 134،331 ވޯޓު ހޯއްދަވާފައެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުން ދަނީ އެމަނިކުފާން ގިނަކަންޏާ 98 ހާސް ވޯޓު ހޯއްދަވާފައިވާތީ އެމަނިކުފާން ބަލި ނުވާކަމަށް ވިދާޅުވަމުންނެވެ.