Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ނަޝީދު އެނބުރި އިނގިރޭސިވިލާތަށް

ފޮޓޯ: މިހާރު ނިއުސް

ވޯޓުގެ ކަންކަން ނިމެންދެން ސްރީ ލަންކާގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެނބުރި އިނގިރޭސި ވިލާތަށް ވަޑައިގެންފިއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް، ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަކަށް ވަޑައިގަތުމަށް ފަހު ނަޝީދު ވަނީ އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރަން ނިންމެވި ނަމަވެސް ސަރުކާރުން ފުރުސަތެއް ނުދެއްވުމުން ނަޝީދު ވަނީ ކެންޑިޑެސީ ދޫކޮށް އިބޫއަށް ފުރުސަތު ދެއްވާފައެވެ.

އަދި އޭގެ ފަހުން އިބޫގެ ކެމްޕޭނުގައި ރައީސް ނަޝީދު ވަނީ ލަންކާގައި ވެސް ހަރަކާތްތެރިވެފައެވެ. އެމްޑީޕީން ބުނެފައިވަނީ ވަރަށް އަވަހަށް އެމަނިކުފާނު އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށެވެ.