Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ލިޔެކިއުން ނައްތާނުލަން، ބަރާބަރަށް ހުންނާނެ: ފިނޭންސް

ފިނޭންސް މިނިސްޓްރީގެ އެއްވެސް ލިޔެ ކިއުމެއް ނައްތާ ނުލާކަމަށާއި ހުރިހާ ލިޔެކިއުމެއް ބަރާބަރަށް ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ބުނެފައިވަނީ އެމިނިސްޓްރީގެ ބައެެއް ލިޔެކިއުންތައް ޝްރެޑްކޮށް ނައްތާލަމުންދާކަމުގެ އަޑު ފެތުރިފައިވަނިކޮށެވެ. އެމިނިސްޓްރީން ބުނީ މައުލޫމާތު ބަރާބަރަށް ދައުލަތުގެ ލިޔެކިއުން ބަލަހައްޓާ ސިސްޓަމް ޖެމްސްގައި ހުންނާނެ ކަމަށާއި އެފަދަ އެއްވެސް ކަމެއް އެމިނިސްޓްރީން ނުކުރާ ކަމަށެވެ.

ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލި ވުމާއި ގުޅިގެން ދައުލަތުގެ ލިޔެކިއުން އަންދައި ނައްތާލަމުންދާ ކަމުގެ އަޑު ވަނީ ގަދަވެފައެވެ. އެ އަޑުތަކާއިއެކު އެކަން ބަލައިދިނުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.