Last Updated: June 23, 09:37
Tuesday, June 23, 2026
ޚަބަރު

ކުރީގެ ބްރިގޭޑިއާ ޖެނެރަލް ޝަމާލް އިބޫއާ ބައްދަލު ކުރައްވައިފި

ކުރީގެ ބްރިގޭޑިއާ ޖެނެރަލް ޝަމާލް އިބޫއާ ބައްދަލު ކުރައްވަނީ - ފޮޓޯ: ޓްވިޓާ

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައި ނުވެއެވެ.

ޝަމާލް މިއަދު އިބޫ އާއި ބައްދަލު ކުރެއްވިއިރު، ރައީސް ޔާމީންގެ ސަރުކާރުން ޝަމާލު ވަކި ކުރެއްވީ ސިފައިންގެ ވެރިންނާ ދެކޮޅަށް ލިޔުމެއް ތައްޔާރުކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައާ ގުޅިގެން ސިފައިންގެ އިތުރު އޮފިސަރުންތަކެއް ވެސް ވަކިކުރި އެވެ.

އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވެސް ވަނީ އިއްޔެ އިބޫ އާއި ބައްދަލުކުރައްވައިފަ އެވެ.