Last Updated: June 23, 09:37
Tuesday, June 23, 2026
ޚަބަރު

ނަޖުމާ އާއި އަޒްމީ ދޫކޮށްލައިފި

ރައީސް މައުމޫން ނަޖުމާ އާއި ސަލާމް ކުރައްވަނީ - ފޮޓޯ: އަވަސް

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ ނަޖުމާ އިބްރާހިމާއި މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީ މިއަދު ކުރިމިނަލް ކޯޓުން މިނިވަންކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ނަޖްމާ އާއި އަޒްމީ ހައްޔަރުކުރީ ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައެވެ. ނަޖުމާ އަކީ އަށް މަހުގެ ތުއްތު ކުއްޖެއްގެ މަންމައަކަށް ވެފައި ކުޑަ ދަރިފުޅަށް އޭނާގެ މަންމަ ނެތުމުން ވާނެ ދަތިތަކުގެ ވާހަކަ ނަޖުމާގެ ވަކީލުން ފާހަގަކޮށްފައިވުމުން ނަޖުމާ ހުރީ ޝަރީޢަތް ނިމެންދެން ގޭބަންދުކޮށްފަ އެވެ. އަދި އަޒުމީ ހުރީ ޝަރީއަތް ނިމެންދެން ޖަލު ބަންދުކޮށްފަ އެވެ.

އެކެއް ފެބުރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރު ނެރެ ސަރުކާރު ވައްޓާލަން އުޅުން ކަމަށް ބުނާ މައްސަލާގެ ގިނަ ހެކިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނާ ކަޅު ފޮށި ފެނިފައިވަނީ ނަޖްމާ ދިރިއުޅޭ ގެއިންނެވެ.

ނަޒްމާ އާއި އަޒްމީގެ މައްޗަށް އުފުލާފައިވަނީ އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. ދައުވާ ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މިއަދު އެ ދެ މީހުން ވެސް ދޫކޮށްލީ އެއްވެސް ޝަރުތެއް ނެތި އެވެ.