Last Updated: June 23, 09:37
Tuesday, June 23, 2026
ޚަބަރު

ސައުދީ ރަސްގެފާނުގެ މަންދޫބެއް އިބޫއާ ބައްދަލު ކުރައްވައިފި

ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒު - ފޮޓޯ: މުސްލިމް މިރާ

ސައުދި އަރަބިއާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ޚާއްސަ މަންދޫބެއް، އިންތިޚާބީ ރައީސް، އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލުކުރައްވައިފި އެވެ.

ސައުދީ ރަސްގެފާނުގެ ފަރާތްޕުޅުން އިބޫއާ ބައްދަލުކުރެއްވީ ސައުދީ ފަންޑުގެ ހެޑް އަދި ސައުދީ މިލިޓަރީ އިންޑަސްޓްރީސް އަދި ސައުދީ އެންޓަޓެއިންމަންޓް އޮތޯރިޓީގެ ގަވަރުނަރު އަހްމަދު އަލް ހަތީބެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިބޫގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ސައުދީ ސަރުކާރުން އިބޫގެ ސަރުކާރާ އެކު މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށާއި، އިބޫގެ ޒަޢާމަތުގައި ދިވެހި ސަރުކާރުން ބޭނުންވާ ކަންކަން ހަމަޖައްސައިދިނުމަށް ސައުދީ ސަރުކާރުން އެހީވާނެ ކަމުގެ ޔަޤީންކަން ދެއްވި ކަމަށެވެ.

ސައުދީ އަރަބިއާގެ ސަރުކާރުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހި ސަރުކާރާ ގާތްގުޅުންތަކެއް އުފައްދާ ބައެއް އެހީތައް ފޯރުކޮށްދީފަ އެވެ.