Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ޖާބިރު ރާއްޖެ ވަޑައިގެންފި

ޔޮޓް ޓްއާސްގެ ޗެއާމަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އެޑްވައިޒަރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

ޖާބިރު ރާއްޖެ ވަޑައިގެންފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށްފަހުއެވެ. ޖާބިރު ވަނީ އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ.

ޖާބިރު ވަނީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ އަންނަ ޔޫއެލް 103 ކޮލަމްބޯ އިން ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ކާށިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ ޖާބިރަށް އިނގިރޭސި ވިލާތުން ހިމާޔަތް ދީފައިވާއިރު އިޓަލީގައި ހުންނެވުމަށްފަހު 2017 ވަނަ އަހަރުގެ ޖޫން މަހު ޖާބިރު ލަންޑަނަށް ވަޑައިގެންނެވި ދަތުރު މަތީގައި އުޅުއްވަނިކޮށް ދިވެހި ސަރުކާރުން ވަނީ ޖާބިރުގެ ޕާސްޕޯޓް ކެންސަލްކޮށްފައެވެ.